ޣިޔާޘުއްދީން އިންޓަރނޭޝަނަލް ސްކޫލްގެ ރަމަޟާން ދަރުސް ޕްރޮގުރާމް ވަރަށް ކާމިޔާބުކަމާއެކު ކުރިޔަށް ދަނީ

 

ކޮންމެ އަހަރެއްގެ ރަމަޟާން މަހު ސްކޫލްގެ ފަރާތުން ކުރިއަށްގެންދާ ދީނީ ދަރުސް ޕްރޮގުރާމް މިއަހަރުވެސް ފެށިގްނެ ސްކޫލް ބަންދުނޫން ކޮންމެ ހަފުތާއެއްގެ ހޯމަ އަދި ބުދަ މި ދެދުވަހު ސްކޫލް ހޯލްގައި ކުރިއަށް އެބަދެއެވެ. އެހެން އަހަރުތަކާއި ޚިލާފަށް މިއަހަރުގެ ދަރުސްގެ މީޑިއާ ޕާރޓްނަރަކީ އަލްކައުން ޓީވީ ޗެނަލް އެވެ. މިގޮތުން ކޮންމެ ދުވަހެއްގެ ދަރުސް އަލްކައުން (މީޑިއާ ނެޓް 125) އިން ދުރަށްދައްކަމުން ގެންދެއެވެ.

 މި ޕްރޮގުރާމުގައި ދަރުސްދެއްވަމުން ގެންދަވަނީ ރާއްޖޭގެ މަޝްހޫރު ދީނީ ޢިލްމުވެރިންނެވެ. މިގޮތުން ނިމިގެން ދިޔަ ދަރުސްތައް ދެއްވާފައިވަނީ އައްޝައިޚު ޙަސަން ތައުފީޤު، އައްޝައިޚު ޢަލީ ޒައިދު، އައްޝައިޚު ޙުސައިން މުޙައްމަދު ޢަބްދުﷲ ގެ އިތުރުން އައްޝައިޚު އިބްރާހީމް މާހިރެވެ. އަދި މީގެ އިތުރުން ކުރިއަށް އޮތް ދަރުސްތަކުގައި ޑޮކްޓަރ މުޙައްމަދު ޤުބާދު އަބޫބަކުރުވެސް ދަރުސްދެއްވުމަށް ހަމަޖެހިފައި ވެއެވެ.  

ފޮޓޯ ގެލެރީ >>

Connect with us

23621 Ameenee Magu, Male' Maldives

  • Tel+(960) 3332500

  • Email:admin@gis.edu.mv

  • Help:help@gis.edu.mv

Purple Gazette

Enter your email to receive the Purple Gazette.

Search